މިއެޓް ފުޓްސަލް ފިއެސްޓާގެ ވާދަވެރި ފައިނަލް މިރޭ!

Advertisement

މިއެޓް ފުޓްސަލް ފިއެސްޓާގެ ވާދަވެރި ފައިނަލް މިރޭ!

ޢަލީ ޝަހީމް
ގްރޫޕް ސްޓޭޖުގެ މެޗެއްގައި ހާއްޕެ ބޯޅަ ހިފައިގެން ދަނީ. - ފޮޓޯ: މިއެޓް ފުޓްސަލް ފިއެސްޓާ

ކ. ތުލުސްދޫ މިއެޓް ޖަމިއްޔާއިން އިންތިޒާމުކޮށްގެން އެރަށުގައި މިހާރު ކުރިއަށްގެންދާ މިއެޓް ފުޓްސަލް ފިއެސްޓާގެ ފައިނަލް މެޗު މިރޭ ކުޅޭނެ އެވެ. މިރޭ ނުވައެއް ޖަހާއިރު ކުޅޭ ފައިނަލުގައި ވާދަކުރާނީ އެޕޮކަލިޕްސް އާއި މިދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދި ކަންމަތި ފުޓްބޯލް ކްލަބެވެ.

މިއެޓް ފުޓްސަލް ފިއެސްޓާގެ ގްރޫޕް ސްޓޭޖުގައި މިއަހަރު ވަނީ 10 ޓީމަކުން ވާދަކޮށްފަ އެވެ. މުބާރާތުގެ ސެމީ ފައިނަލަށް ދަތުކުރީ ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދި ތިން ޓީމާއި ދެ ވަނަ ހޯދި އެންމެ މޮޅު ދެ ޓީމުގެ މެދުގައި ކުޅުނު ޕްލޭ އޮފް މެޗުން ކުރި ހޯދި ޓީމެވެ. ގްރޫޕް ސްޓޭޖުން ސެމީގެ ސީދާ ޖާގައެއް ކަށަވަރުކުރީ ފައިނަލުގައި ވާދަކުރާ ދެ ޓީމުގެ އިތުރުން ހިންމަފުށި ފުޓްބޯޅަ ޓީމެވެ. ސެމީގައި ހުރާ ފުޓްބޯލް ކްލަބް ވާދަކުރީ ޕްލޭ އޮފް މެޗު ކާމިޔާބުކޮށްގެންނެވެ.

ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އެޕޮކަލިޕްސް އިން ވަނީ މިދިޔަ އަހަރުގެ ރަނަރަޕް ހިންމަފުށި 1-0 އިން ބަލިކޮށްފަ އެވެ. ފައިނަލުގެ ދެ ވަނަ ޖާގަ ކަންމަތި އެފްސީ ހޯދީ ސެމީގެ ދެ ވަނަ މެޗުގައި 6-1 އިން ހުރާ ބަލިކޮށްގެންނެވެ. މިފަހަރުގެ ޗެމްޕިއަން ޓީމަށް 25،000 ރުފިޔާ ދޭގޮތަށް ހަމަޖެހިފައިވާއިރު ރަނަރަޕް ޓީމަށް ދޭނީ 10،000 ރުފިޔާ އެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރު ވެސް ފުޓްސަލްގެ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް އަންނަނީ މި މުބާރާތުގައި ކުޅެމުންނެވެ. މި ކުޅުންތެރިންނާއެކު ތައްޓަށް ކުރާ ވާދަ ބޮޑުވާނެކަމަށް ބެލެވޭއިރު މުބާރާތުގެ ލަނޑު ލިސްޓުގެ ވާދަވެރިކަން ވެސް ފައިނަލާއި ހަމައިން ވަނީ ބޮޑުވެފަ އެވެ. މިހާތަނަށް ކުޅުނު މެޗުތަކަށް ފަހު ހަތް ގޯލު ޖަހައިގެން ލަނޑު ލިސްޓުގެ ކުރީގައި ތިން ކުޅުންތެރިއަކު އެބައުޅެ އެވެ. އެއީ ކަންމަތި އެފްސީގެ އަލީ ހާފިޒް (ހާއްޕެ) އާއި އިބްރާހީމް އަސްވަދު (ގަބޭ) އަދި އެޕޮކަލިޕްސްގެ އަލީ ޝިޔާހް އެވެ. މި ތިން ކުޅުންތެރިންގެ ތެރެއިން ހާއްޕެ އާއި ގަބޭ އަކީ ފުޓްސަލްގައި ރާއްޖޭގެ އެންމެ މަޝްހޫރު ނަންތަކެވެ. މީގެ އިތުރުން ޝިޔާހް އަކީ މިހާރު ފުޓްސަލްގައި ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ ކުޅުންތެރިއެކެވެ. ހާއްޕެ އާއި ގަބޭގެ އިތުރުން މިއަހަރުގެ ކްލަބް މޯލްޑިވްސް ކަޕާއި ގޯލްޑެން ފުޓްސަލް ޗެލެންޖް ކާމިޔާބުކުރި ކެޕްޓަން، ކަންމަތި އެފްސީގެ އިބްރާހީމް ސިނާހް ވަނީ ހަތަރު ގޯލު ޖަހައިފަ އެވެ.

މިރޭގެ ފައިނަލް މެޗު ފެށުމުގެ ކުރިން 1438 ބޮޑުބެރު ގްރޫޕުގެ ފޯރިގަދަ އައިޓަމްތަކެއް ކުރިއަށް ގެންދިއުމަށް މިއެޓް ޖަމިއްޔާއިން ވަނީ ނިންމައިފަ އެވެ. އަދި، ފައިނަލް މެޗު ފަހުމިނެޓް ފޭސްބުކް ޕޭޖުން ވަގުތުން ގެނެސްދޭނެ އެވެ. މިއެޓް ފުޓްސަލް ފިއެސްޓާއަކީ މާލެ އަތޮޅުގައި ބާއްވާ އެންމެ ފޯރިގަދަ އެއް ފުޓްސަލް މުބާރާތެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *