އެސްޕެކްޓް ނައިފަރު ޗެމްޕިއަންޝިޕް ހޮނިހިރު ދުވަހު ފަށަނީ

Advertisement

އެސްޕެކްޓް ނައިފަރު ޗެމްޕިއަންޝިޕް ހޮނިހިރު ދުވަހު ފަށަނީ

ޢަލީ ޝަހީމް
ގުރު ނެގުމުގެ ރަސްމިއްޔާތުގައި މުބާރާތުގައި ވާދަކުރާ ޓީމުތަކުން ޖާޒީ ދައްކާލަނީ. މިއީ އަތޮޅުތެރޭގައި ބާއްވާ އެންމެ ފުރިހަމަ އެއް މުބާރާތް. - ފޮޓޯ: އީކޯ ޔޫތު ޖަމިއްޔާ

ޅ. ނައިފަރު އީކޯ ޔޫތު ޖަމިއްޔާއިން އިންތިޒާމުކޮށްގެން އެރަށުގައި ކުރިއަށްގެންދާ އެސްޕެކްޓް ނައިފަރު ޗެމްޕިއަންޝިޕް 2019، އަންނަ ހޮނިހިރު ދުވަހު ފަށަށް ތައްޔާރުވެއްޖެ އެވެ. ނައިފަރަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި އަހަރުގެ މުބާރާތުގައި ހަތް ޓީމަކުން ވާދަކުރާއިރު ހުރިހާ މެޗެއް ވެސް ކުޅޭނީ ނައިފަރު ޓާފް ފުޓްބޯޅަ ދަނޑުގަ އެވެ.

މިއަހަރުގެ މުބާރާތުގެ ގުރު ނެގުމުގެ ރަސްމިއްޔާތު މިދިޔަ އަންގާރަ ދުވަހުގެރޭ ނައިފަރުގެ ކެފޭ ކްރިސްޕީގައި ބާއްވާފައިވާއިރު ވާދަކުރާ ހަތް ޓީމު ބަހާލީ ދެ ގްރޫޕަށެވެ. އިންތިޒާމުކުރާ ފަރާތުން ގުރު ނެގުމުގެ ރަސްމިޔާތު ކުރިއަށް ގެންދިޔައީ މިދިޔަ އަހަރުގެ ގަދަ ހަތަރު ޓީމު ދެ ގްރޫޕަށް ސީޑް ކޮށްގެންނެވެ. ގްރޫޕް އެކެއްގައި ހިމެނެނީ ޗެލްސީ އެފްސީ، ޖީޖީ ޓީމް، ޑޮޓްކޮމް އަދި އެފްސީ އެކްސިސް އެވެ. ގްރޫޕް ދޭއްގައި ހިމެނެނީ ސޮކަރ ސްޓަރ، ބަޒޫކާ އަދި އެޕެކްސް އެވެ. މި ތިން ޓީމުގެ ތެރެއިން ސޮކަރ ސްޓަރ އާއި ރަނަރަޕް ބަޒޫކާ އަކީ ސީޑް ކޮށްފައިވާ ދެޓީމެވެ. މިދިޔަ އަހަރު ވެސް ބަޒޫކާ އާއި ސޮކަރ ސްޓަރ ހިމެނުނީ އެއް ގްރޫޕެއްގަ އެވެ.

ގުރު ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން. – ފޮޓޯ: އީކޯ ޔޫތު ޖަމިއްޔާ

ގްރޫޕް ސްޓޭޖުގައި ނުވަ މެޗު ކުޅެން ހަމަޖެހިފައިވާއިރު ސެމީ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމެވެ. މުބާރާތުގެ ފައިނަލް މެޗާއެކު ޖުމްލަ 12 މެޗު މި މުބާރާތުގައި ކުޅޭނެ އެވެ.

މިއީ ސްކޫލް ޗުއްޓީއާ ދިމާކޮށް ނައިފަރުގައި މި މުބާރާތް ބާއްވާ 20 ވަނަ އަހަރެވެ. މިދިޔަ އަހަރު އެރަށުގައި މި މުބާރާތް ބޭއްވީ ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. 2013 ވަނަ އަހަރު މި މުބާރާތް ބޭއްވުމަށް ފަހު މެދުކަނޑާލީ އެރަށުގެ ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމަށެވެ. އެރަށުގައި ތަރައްގީކުރި ޓާފް ފުޓްބޯޅަ ދަނޑު ނިންމާލުމަށް ފަހު ދަނޑުގައި މިދިޔަ އަހަރު ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ސޮކަރ ސްޓަރ އެވެ. .

މިއަހަރުގެ މުބާރާތުގެ ޓައިޓްލް އަދި މެއިން ސްޕޮންސަރ އަކީ ނައިފަރު އެސްޕެކްޓް އެވެ. މުބާރާތުގެ ކޯ ސްޕޮންސަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ޑަބްލިއު ސްޓަރ 1 ބުކްސްޓޯރ، ޑަބްލިއު ސްޓަރ 2 ހާޑްވެއަރ، ނައިފަރު ކައުންސިލް އަދި ޗިލީޕޮޓް ރެސްޓޯރެންޓް އެވެ. މުބާރާތުގެ ގޯލްޑް ޕާޓްނަރުންނަކީ ސެވެން އަދި ރިވެތި އެވެ. ފުޑް ޕާޓްނަރެއްގެ ގޮތުގައި ޗާނީ ރެސްޓޯރެންޓް ހަމަޖައްސާފައިވާއިރު ސިލްވަރ ޕާޓްނަރުންގެ ގޮތުގައި ހަތް ތަނެއް ވަނީ ހަމަޖައްސައިފަ އެވެ. އެއީ ޒައިން ކެފޭ، ހައި ބޭކަރީ، އަލްފާ މިނީ މޯލް، ސްޕްރައޮޓް، ޚާބް އެންޑް މެހެނަތު، ހޯމް ގެލެރީ އަދި އޮންސްޕޮޓް ޑިޒައިން ސްޓޫޑިއޯ އެވެ. މުބާރާތުގެ ޕްރިންޓިން ޕާޓްނަރަކަށް ނޮވެލްޓީ ޕްރިންޓާސް އެންޑް ޕަބްލިޝާސް ޕްރައިވެޓް ލިމިޓެޑް ހަމަޖެއްސިއިރު އިންޓަނެޓް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ބަޑީސް-ނެޓް ޕްރައިވެޓް ލިމިޓެޑް އެވެ. ފޯޓޮގްރަފީ ޕާޓްނަރަކީ މޯމެންޓް ޕޯޓްރެއިޓް އެންޑް ޑިޒައިން ސްޓޫޑިއޯ އެވެ. މިއަހަރުގެ މުބާރާތުގެ ގޯލްޑް ޕާޓްނަރަކީ ސެގޫރޯ އިންސުރެންސް ސާވިސަސް ޕްރައިވެޓް ލިމިޓެޑް އެވެ. ސަޕޯޓިން ޕާޓްނަރުންގެ ގޮތުގައި ހަރަކާތްތެރިވާނީ ނައިފަރު ޕޮލިސް އަދި އެޕެކްސް ސްޕޯޓްސް އެކެޑަމީ އެވެ. ނައިފަރު ޗެމްޕިއަންޝިޕްގެ މިއަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ފަހުމިނެޓް އެވެ.

ނައިފަރު ކެފޭ ކްރިސްޕީގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި ގުރު ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން. – ފޮޓޯ: އީކޯ ޔޫތު ޖަމިއްޔާ

އީކޯ ޔޫތުން ބުނީ މި މުބާރާތް ނައިފަރުގައި ކުރިއަށްގެންދިއުމުގެ މަގްސަދަކީ ޒުވާނުންނަށް ވާދަވެރި މުބާރާތެއްގައި ކުޅުމުގެ ފުރުސަތު ދީ ކުޅިވަރުގެ ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ. އީކޯ ޔޫތު ޖަމިއްޔާ އަކީ އިޖުތިމާއި ކަންކަމުގައި ވެސް ހަރަކާތްތެރިވާ އެރަށުގެ އެންމެ ހިންގުންތެރި އެއް ޖަމިއްޔާ އެވެ.

ނައިފަރު ޗެމްޕިއަންޝިޕް އަންނަ ހޮނިހިރު ދުވަހު ފަށާއިރު މުބާރާތުގެ ހުރިހާ މެޗެއްގެ މައުލޫމާތު މި ނޫހުން ގެނެސްދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *