ސައުތު އޭޝިއަން ގޭމްސް / ކްރިކެޓް: ފަހު މެޗުން މޮޅުވެ ފިރިހެން ޓީމް ލޯ މެޑަލް އަށް ވާދަކުރަނީ

Advertisement

ސައުތު އޭޝިއަން ގޭމްސް / ކްރިކެޓް: ފަހު މެޗުން މޮޅުވެ ފިރިހެން ޓީމް ލޯ މެޑަލް އަށް ވާދަކުރަނީ

ޢަބްދުﷲ އަޝްރަފް
ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ ޓީމުން ސްރީލަންކާއާ ދެކޮޅަށް ކުޅުނު މެޗްގެ ތެރެއިން – ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ / ހުސައިން ވަހީދު

މިހާރު ނޭޕާލްގައި ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ ކްރިކެޓް އިވެންޓް ގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފިރިހެން ޓީމް ލީގު އުސޫލުން ކުޅުނު ބުރުގެ ފަހު މެޗް ކާމިޔާބުކޮށް މުބާރާތުގެ ތިންވަނަ ހޮވާ މެޗުން ޖާގަ ހޯދައިފިއެވެ. އިއްޔެ ބޫޓާނާ ދެކޮޅަށް ކުޅުނު މެޗް ރާއްޖެއިން ކާމިޔާބުކޮށްފައިވަނީ އަށް ވިކެޓުންނެވެ.

އިއްޔެގެ މެޗްގައި ޓޮސް ލިބިގެން ރާއްޖޭގެ ކެޕްޓަން މުހައްމަދު މަހްފޫޒް ނިންމީ ފުރަތަމަ ހޮވާށެވެ. ބޫޓާން ޓީމުން ކުޅެން އަރައި 20 އޯވަރު ހަމަވިއިރު ހެދުނީ ހަތް ވިކެޓަށް 117 ލަނޑެވެ. ބޫޓާން ޓީމުން އެންމެ ރަގަޅަށް ކުޅުނީ 40 ލަނޑު ހެދި ޖިގްމޭ ސިންގްޔޭ އެވެ. މި އިނިންގްސް ގައި ރާއްޖޭގެ ޓީމުން އެންމެ ރަގަޅަށް އުކާފައިވަނީ 4 އޯވަރުގެ ތެރޭ 15 ލަނޑަށް ތިން ވިކެޓް ނެގި ހަސަން އިބްރާހިމް އެވެ.

Advertisement

ޖަވާބުގައި ރާއްޖޭގެ ޓީމުން ކުޅެން އަރައި 4 އޯވަރު ބާކީ އޮއްވައި 118 ލަނޑު ހަމަކުރިއެވެ. މި އިނިންގްސް ގައި ރާއްޖޭގެ ޓީމުން އެންމެ ރަގަޅަށް ކުޅުނީ 29 ބޯޅައިން 37 ލަނޑު ހެދި އުމަރު އާދަމް އެވެ. އޭނާ ވަނީ މި މެޗްގައި އެއް ފަހަރު ހަޔަކަށް އަދި ތިން ފަހަރު ހަތަރަކަށް ޖަހައިފައެވެ.

ތިން ވަނަ ހޮވާ މެޗްގައި ރާއްޖެއިން ވާދަކުރާނީ ނޭޕާލާ އެވެ. މި މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ. ލީގް އުސޫލުން ކުޅުނު ބުރުގައި ރާއްޖެއާއި ނޭޕާލް ބައްދަލުކުރި މެޗް 84 ލަނޑުން ކާމިޔާބުކުރީ ނޭޕާލެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *