ސައުތު އޭޝިއަން ގޭމްސް: ލަންކާގެ ކުޅުންތެރިންގެ އަތުން ބަދަލު ހިފައި ރަފާ އާއި ދީމާ ކްއާޓާ ފައިނަލަށް

Advertisement

ސައުތު އޭޝިއަން ގޭމްސް: ލަންކާގެ ކުޅުންތެރިންގެ އަތުން ބަދަލު ހިފައި ރަފާ އާއި ދީމާ ކްއާޓާ ފައިނަލަށް

ޢަބްދުﷲ އަޝްރަފް

މިހާރު ނޭޕާލްގައި ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސްގެ ޓޭބަލް ޓެނިސް އޯޕަން ޑަބަލސް އިވެންޓްގައި ސްރީލަންކާގެ އައިލާ ޗިޓީ އާއި އެރާންޑީ ވަރުސަވިތަނަ ބަލިކޮށް ރާއްޖޭގެ އެންމެ އުއްމީދީ ދެކުޅުންތެރިން ކަމަށް ފާތިމަތު ދީމާ އަލީ އާއި އާއިޝަތު ރަފާ ނާޒިމް ކްއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

ރޭ ހަތް ސެޓަށް ކުޅުނު ފުރަތަމަ ބުރުގެ މެޗްގައި ދީމާ އާއި ރަފާ ވާދަވެރި ސްރީލަންކާގެ ދެކުޅުންތެރިންގެ މައްޗަށް ކުރި ހޯދިއިރު އިއްޔެ ހަވީރު ކުޅުނު ޓީމް އިވެންޓްގެ ސެމީ ފައިނަލް މެޗްގައި އެ ދެކުޅުންތެރިންގެ ތެރެއިން އެރާންޑީ ވަނީ ދީމާ ބަލިކޮށްފައެވެ. ސެމީ ފައިނަލްގައި ރާއްޖޭގެ ޠީމް ލަންކާ އަތުން ބަލިވީ 0-3 އިންނެވެ.

Advertisement

އަންހެން ޑަބަލްސްގައި ރޭ ދީމާ އާއި ރަފާ ކުޅުނު  މެޗް އެ ދެކުޅުންތެރިން ކާމިޔާބުކޮށްފައިވަނީ 3-4 އިންނެވެ. ވަރަށް ބޮޑު ވާދަވެރިކަމެއް ފެނުނު މި މެޗްގެ ފުރަތަމަ ސެޓް 8-11 އިން ރާއްޖޭގެ ކުޅުންތެރިން ކާމިޔާބުކުރިއިރު ދެވަނަ ސެޓް ހަމަ އެ ނަތީޖާ އިން ކާމިޔާބުކުރީ ލަންކާގެ ކުޅުންތެރިންނެވެ. ތިން ވަނަ ސެޓް 9-11 އިން ރާއްޖޭގެ ކުޅުންތެރިން ކާމިޔާބުކުރިއިރު ޖެހިގެން އައި ސެޓް 7-11 އިން ގެންދިޔައީ އަނެއްކާވެސް ލަންކާގެ ކުޅުންތެރިންނެވެ. އެއަށްފަހު ފަސް ވަނަ ސެޓް ފަސޭހަ ކަމާއެކު ރާއްޖެއިން ކާމިޔާބުކުރިއިރު ޖެހިގެން އައި ސެޓް ލަންކާ ކޮޅަށް އެނބުރުނީ ވަރަށް ވާދަވެރި ކުޅުމަކަށްފަހު އެވެ. އެކަމަކު ނަތީޖާ ނެރެން ކުޅުނު ފަހު ސެޓް ދީމާ އާއި ރަފާ އިތުބާރާ އެކު ކުޅެ ފަސޭހަކަމާއެކު ކާމިޔާބުކުރިއެވެ.

އަންހެން ޓީޓީ އޯޕަން ޑަބަލްސްގެ ކްއާޓާ ފައިނަލްގައި ރަފާ އާއި ދީމާ ވާދަކުރަން ޖެހޭނީ މި ސަރަހައްދުގެ އެންމެ ވަރުގަދަ ގައުމު ކަމަށްވާ އިންޑިއާގެ ދެ ކުޅުންތެރިންނާ އެވެ. އެ މެޗް ކުޅެން ހަމަޖެހިފައިވަނީ މިއަދު އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *