ގައުމީ ޓީމުގެ ކަންކަމުގައި ލަފާދޭ ކޮމިޓީ އުވާލައިފި

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާ ގުޅުންހުރި ކަންކަމުގައި ލަފާދިނުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެކުލަވާލި ކޮމިޓީ އެ އެދާރާއިން އުވާލައިފިއެވެ. އެފްއޭއެމުން އެކަން އިއުލާންކޮށްފައިވަނީ މީގެ ކުޑައިރުކޮޅެއް ކުރިން އެ އިދާރާ އިން ނެރުނު ނޫސް ބަޔާނެއްގައެވެ.
ގައުމީ ޓީމުގެ ކޮމޓީ އުވާލިކަން އުއުލާންކުރުމުގެ ގޮތުން އެފްއޭއެމުން ނެރުނު ނޫސް ބަޔާނުގައި ވާގޮތުން ރާއްޖޭގެ ޖޫނިއަރ އުމުރު ފުރައިން ފެށިގެން ސީނިއަރ ޓީމާއި ހަމައަށް ގައުމީ ޓީމްތަކުގެ ކުރަންޖެހޭ ހުރިހާ ކަމެއްގައި އެފްއޭއެމްގެ އެގްޒެކްޓިވް ކޮމިޓީއަށް ލަފާދިނުމާއި، ގައުމީ ޓީމްތައް ތައްޔާރުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމުގައި އެހީތެރިވެދިނުމުގެ ގޮތުން އެކުލަވާލި ކޮމިޓީ އުވާލީ މިއަހަރު ދެން އިތުރަށް ރާއްޖޭގެ އުމުރުފުރައިގެ ގައުމީ ޓީމްގެ މެޗެއް އަދި މުބާރާތެއް ނެތުމުން ކަމަށެވެ.
އެފްއޭއެމުން ނެރުނު ކުރު ބަޔާން ނިންމާލައިފައިވަނީ ކޮމިޓީގެ މެންބަރުންނާއި ވަކިން ހާއްސަކޮށް ގައުމީ ޓީމު ކޮމިޓީގެ ޗެއާމަން އަދި ޓުރިޒަމް މިނިސްޓަރ އަލީ ވަހީދު ދިވެހި ފުޓްބޯޅައަށް ކޮށްދެއްވި މިންނެތް މަސައްކަތަށް ޝުކުރު އަދާކުރަމުނަްނެވެ.
ގައުމީ ޓީމް ކޮމިޓީ އެފްއޭއެމުން މިއަދު އުވާލިއިރު މިހާރު ނޭޕާލްގައި ހިގަމުންދާ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ އަންހެން އަދި ފިރިހެން ގައުމީ ޓީމްވެސް އަންނަނީ ބައިވެރިވަމުންނެވެ. މީގެ އިތުރުން ގައުމީ ޓީމްގެ ކޮމިޓީގެ ޗެއާމަން އަލީ ވަހީދު ކުރިން ވިދާޅުވެފައިވާ ގޮތުން އެކޮމިޓީން އިސްނަގައިގެން އަންނަނީ ދިވެހި ފުޓްނޯޅައިގެ ދުރު ރާސްތާ ޕްލޭނެއްވެސް އެކުލަވާލަމުންނެވެ. އަދި، މި ޕްލޭން އަންނަ މަހު 20 ގައި އިއުލާން ކުރައްވާނެ ކަމަށްވެސް އަލީ ވަހީދު ވަނީ ކުރިން ވިދާޅުވެފައެވެ. ގައުމީ ޓީމް ކޮމިޓީ އެފްއޭއެމުން އެކުލަވާލިއިރު އެކޮމިޓީ އުފައްދައިފައިވަނީ މިއަހަރަށް އެކަނި ކަމަށް އެ އިދާރާއިން ހާމަކޮށްފައެއް ނެތެވެ.
Advertisement


Leave a Reply