މެސީ ޖަހައިދިން ގޯލުން ބާސެލޯނާ އަލުން އެއްވަނަ އަށް

Advertisement

މެސީ ޖަހައިދިން ގޯލުން ބާސެލޯނާ އަލުން އެއްވަނަ އަށް

ޢަބްދުﷲ އަޝްރަފް

ސްޕެނިޝް ލީގްގައި ރޭ އެތުލެޓިކޯ މެޑްރިޑާއި ދެކޮޅަށް ކުޅުނު މެޗްގައި އާޖެންޓީނާގެ ލިއޮނަލް މެސީ ފަހު ވަގުތު ކާމިޔާބުކޮށްދިން ގޯލުން ބާސެލޯނާ މޮޅުވެ ޓޭބަލްގެ އެއްވަނަ މަގާމް އަލުން ހޯދައިފިއެވެ. ރަށުން ބޭރުގައި ރޭ ބާސެލޯނާއިން ވާދަވެރި އެތުލެޓިކޯ މެޑްރިޑްގެ މައްޗަށް 0-1 އިން ކުރި ހޯދި މެޗްގައި އެޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެސީ ޖެހީ މެޗް ނިމެން ހަތަރު މިނެޓަށް ވެފައި އޮއްވައި އެތުލެޓިކޯގެ ޕެނަލްޓީ އޭރިއާގެ ރޮނގު މަތިން ކަހަލަ ގޮތަކަށް ލިބުނު ބޯޅައެއް ގޯލްގެ ކަނަށް ވައްދާލައިގެންނެވެ. ބާސެލޯނާގެ އުރުގުއޭ ފޯވާޑް ލުއިސް ސުއަރޭޒް ދިން ބޯޅައަކުން މެސީ ކާމިޔާބުކުރި ލި ލަނޑަކީ މިހާތަނަށް އެތުލެޓިކޯ މެޑްރިޑް ކޮޅަށް މެސީ ވައްދާލި 30 ވަނަ ގޯލެވެ. އަދި މިއީ މިސީޒަންގައި އޭނާ ލީގުގައި ކުޅުނު ދިހަ މެޗްގައި ކާމިޔާބުކުރި 11 ވަނަ ގޯލެވެ.

އެތުލެޓިކޯ މެޑްރިޑްގެ މައްޗަށް ރޭ ބާސެލޯނާއިން ހޯދި މުހިއްމު މޮޅާއެކު އެޓީމަށް 31 ޕޮއިންޓާއެކު ޓޭބަލްގެ އެއްވަނަ ލިބިފައިިވާއިރު ގޯލްގެ ތަފާތުން ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވެސް ވަނީ 31 ޕޮއިންޓް ލިބިފައެވެ. ތިން ވަނައިގައި މި ދެޓީމަށްވުރެ އިތުރަށް އެއް މެޗް ލީގުގައި ކުޅެގެން 30 ޕޮއިންޓާއެކު އޮތީ ސެވިއްޔާ އެވެ.

Advertisement

ރޭގެ މެޗްގައި އެތުލެޓިކޯ މެޑްރިޑަށް ލީޑް ނަގަން ރަގަޅު ފުރުސަތު ތަކެއް ލިބުނު އިރު އެޓީމުގެ މާރިއޯ ހާމޯސޯ އާއި އަލްވާރޯ މޮރާޓާ ބާސެލޯނާގެ ގޯލަށް ފޮނުވާލި ނުރައްކާތެރި ދެ ހަމަލާ އެޓީމްގެ ގޯލްކީޕަރު ޓަ ސްޓެގަން ވަނީ ހުށިޔާރު ކަމާއެކު ދިފާއުކޮށްފައެވެ. ރޭގެ މެޗްގައި ބާސެލޯނާ އަށް ވެސް މެސީ ގޯލް ޖަހައިދިނުމުގެ ކުރިން ލަނޑު ޖަހާނެ އިތުރު ފުރުސަތު ތަކެއް ލިބުނެވެ. މިގޮތުން ބާސެލޯނާގެ ތަޖްރިބާކާރު ޑިފެންޑަރު ޖެރާޑް ޕީކޭ ބޮލުން ފޮނުވާލި ބޯޅައެއް އެތުލެޓިކޯ މެޑްރިޑް ގޯލްގެ ހުރަސް ދަނޑީގައި ޖެހިފައި ނުކުތްއިރު ބާސެލޯނާގެ ފޯވާޑް އިވާން ރަކިޓިޗް ފޮނުވާލި ބޯޅައިގެ ހުރަހަކަށްވީ އެތުލެޓިކޯގެ ގޯލްކީޕަރެވެ.

ރޭގެ ނަތީޖާ އާއެކު 2013 ވަނަ އަހަރުގެ ސީޒަންގެ ލީގް ޗެމްޕިއަންކަން ހޯދި އެތުލެޓިކޯ މެޑްރިޑް މިވަގުތު އޮތީ ބާސެލޯނާ އާއި ރެއާލް މެޑްރިޑަށްވުރެ ހަ ޕޮއިންޓް ފަހަތުގައެވެ. މީގެ އިތުރުން 2010 ވަނަ އަހަރުގެ ފަހުން ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑް ވާދފަކުރި ލީގު މެޗަކުން އަދި އެތުލެޓިކޯ މެޑްރިޑަށް ކުރި ލިބޭ ގޮތެއް ނުވެއެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *