ސައުތު އޭޝިއަން ގޭމްސް: ޕާކިސްތާނު އަތުން ބަލިވެ ބެޑްމިންޓަން ޓީމަށް ސެމީގެ ފުރުސަތު ގެއްލިއްޖެ

Advertisement

ސައުތު އޭޝިއަން ގޭމްސް: ޕާކިސްތާނު އަތުން ބަލިވެ ބެޑްމިންޓަން ޓީމަށް ސެމީގެ ފުރުސަތު ގެއްލިއްޖެ

ޢަލީ ޝަހީމް
ޖުލައި މަހު މޮރިޝަސްގައި އޮތް ބެޑްމިންޓަން ޓީމު އިވެންޓުގައި ރާއްޖޭގެ ޓީމު ވާދަކުރަނީ. - ފޮޓޯ: އެމްއޯސީ

މިއަދު ނޭޕާލްގައި މިރޭ ރަސްމީކޮށް ފެށި 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ އަންހެން ބެޑްމިންޓަން އިވެންޓްގެ ފުރަތަމަ ބުރުގައި ޕާކިސްތާނާ ދެކޮޅަށް ރާއްޖޭގެ ޓީމް ކުޅުނު މެޗުން ބަލިވެ މުބާރާތުގެ ޓީމް އިވެންޓުން ރާއްޖެ ކަޓައިފި އެވެ. މިއަދު މެންދުރު ފަހު ނޭޕާލްގެ ޕޮކާރާ ސިޓީގައި ކުޅުނު މެޗުން ޕާކިސްތާނު އަތުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ.

މެޗްގެ ފުރަތަމަ ސެޓްގައި ޕާކިސްތާނުގެ މަހޫރު ޝަހާދު އާއި ވާދަކުރަން ރާއްޖޭގެ ޓީމުން ނުކުތީ އާމިނަތު ނަބީހާ ޢަބްދުއްރައްޒާގް އެވެ. މި ސެޓް ސީދާ ދެ މެޗުން މަހޫރު ކާމިޔާބުކުރިއިރު މި ސެޓްގެ ފުރަތަމަ މެޗުން ނަބީހާ ބަލިވީ އެންމެ ދެ ޕޮއިންޓްގެ ތަފާތުންނެވެ. އެކަމަކު ފުރަތަމަ މެޗް 19-21 އިން ނިމުނު ނަމަވެސް ދެވަނަ މެޗް ނިމިފައިވަނީ 14-21 އިންނެވެ.

Advertisement

މެޗްގެ ދެވަނަ ސެޓަށް ރާއްޖޭގެ ޓީމުން ނުކުތީ ތަޖުރިބާކާރު ކުޅުންތެރިޔާ ނީލާ އަހުމަދު ނަޖީބެވެ. ޕާކިސްތާނުގެ ޕަލްވާޝާ ބަޝީރު އާ ވާދަކޮށް ކުޅުނު މެޗްގެ ފުރަތަމަ ސެޓް 16-21 އިން ނީލާ ކާމިޔާބުކުރި ނަމަވެސް ފަހުން ކުޅުނު ދެ ސެޓްވެސް ގެންދިޔައީ ޕާކިސްތާނުގެ ކުޅުންތެރިޔާ އެވެ. ވާދަވެރި ކުޅުމެއް ފެނުނު މި މެޗްގެ ފަހު ދެ ސެޓް ނިމުނީ 21-23 އަދި 17-21 އިންނެވެ.

މެޗްގެ ތިންވަނަ ސެޓަށް ޕާކިސްތާނު ޓީމުން ޣަޒާލާ ސިއްދީގު ކުޅެން ނުކުތްއިރު ރާއްޖޭގެ ޓީމުން އެ ސެޓަށް ނެރުނީ ރާއްޖޭގެ ގައުމީ އަންހެން ބެޑްމިންޓަން ޗެމްޕިއަން ފާތިމަތު ނަބާހާ ޢަބްދުއްރައްޒާގް އެވެ. މި ސެޓް ސީދާ ދެ މެޗުން ޕާކިސްތާނުގެ ކުޅުންތެރިޔާ ކާމިޔާބުކުރިއިރު ދެ ސެޓްވެސް ނިމިފައިވަނީ 15-21 އިންނެވެ.

މިފަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ބެޑްމިންޓަންގައި ރާއްޖެއިން ވާދަކުރަނީ އަންހެން ޓީމް އެކަންޏެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *