ރެއާލް އެއް ވަނަ އަށް އަރައި ބާސެލޯނާ އަށް ޕްރެޝަރު ބޮޑުކޮށްފި

Advertisement

ރެއާލް އެއް ވަނަ އަށް އަރައި ބާސެލޯނާ އަށް ޕްރެޝަރު ބޮޑުކޮށްފި

ޢަލީ ޝަހީމް

ސްޕެނިޝް ލީގުގައި ރޭ ރަށުން ބޭރުގައި ޑިޕޯޓިވޯ އަލަވެސް 2-1 އިން ބަލިކޮށް އެއް ވަނަ މަގާމް ހޯދައި ރެއާލް މެޑްރިޑުން ބާސެލޯނާއަށް ޕްރެޝަރު ބޮޑުކޮށްފި އެވެ. މެޗުން ރެއާލް މޮޅުވެ ތާވަލުގެ އެއް ވަނައަށް އެރުމުން އަލުން އެއް ވަނަ މަގާމް ހޯދުމަށް ބާސެލޯނާއިން މިރޭ އެތުލެޓިކޯ މެޑްރިޑް ބަލިކުރަން ޖެހޭނެ އެވެ.

ބާސެލޯނާއަށް ވުރެ އެއް މެޗު އިތުރަށް ކުޅެ ރެއާލުން އެއް ވަނައަށް އެރީ 31 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި ބާސެލޯނާ 28 ޕޮއިންޓާއެކު އޮތްއިރު ތިން ވަނައިގައި އޮތީ 27 ޕޮއިންޓް ހޯދާފައިވާ ސެވިއްޔާ އެވެ. ބާސެލޯނާއާ ދެކޮޅަށް މިރޭ އަމިއްލަ ދަނޑުގައި ނުކުންނަ އެތުލެޓިކޯއަށް 14 މެޗުން ލިބުނު 25 ޕޮއިންޓާއެކު އޮތީ ތާވަލުގެ ފަސް ވަނައިގަ އެވެ.

Advertisement

އެތުލެޓިކޯއާ ދެކޮޅަށް ރަށުން ބޭރުގައި ބާސެލޯނާއަށް އުނދަގޫ މެޗެއް އޮއްވައި ރެއާލުން ރޭ މޮޅުވީ ސާޖިއޯ ރާމޯސް އާއި ޑެނީ ކަރްވަހާލް ޖެހި ގޯލުތަކުންނެވެ. މެޗުގެ ފުރަތަމަ ގޯލު 52 ވަނަ މިނެޓުގައި ރާމޯސް ޖަހައިދީފައިވަނިކޮށް އަލަވެސްއަށް ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ލޫކަސް ޕެރޭޒް ވަނީ 65 ވަނަ މިނެޓުގައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. މިއީ ލީގުގައި ޖެހިޖެހިގެން ޕެރޭޒް ގޯލު ޖެހި ފަސް ވަނަ މެޗެވެ. ރޭގެ ގޯލާއެކު ލީގުގައި އަށް ގޯލު ޖަހައި ޕެރޭޒް ވަނީ ލަނޑު ލިސްޓުގެ އެއް ވަނައިގައި އޮތް ޖެރާޑް މޮރޭނޭ އާއި ލޮރެން މޮރޮންއާ އެއްވަރުކޮށްފަ އެވެ. ޕެރޭޒް އެއްވަރުކުރި ގޯލަށް ފަހު ކަރްވަހާލް ރެއާލަށް މެޗުގައި ދެ ވަނަ ފަހަރަށް ލީޑު ނަގައިދިނީ އޭގެ ހަތަރު މިނެޓު ފަހުންނެވެ.

ރޭގެ މެޗުގައި ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ފަސް ވަނަ ދުވަހުގެ ފަހުން ފުރަތަމަ ފަހަރަށް ގަރެތު ބޭލްއަށް ފުރަތަމަ އެގާރައިން ފުރުސަތުދީފަ އެވެ. މިދިޔަ ދުވަސްތަކުގައި އަނިޔާގެ ސަބަބުން ބޭލް ކުޅުމާއި ދުރުގައި ހުރުމަށް ފަހު އަލުން ކުޅުމުގެ ތެރެއަށް އައީ މިދިޔަ ހަފްތާ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *