ހުނަރުވެރި ފޯވާޑް ހަމްޕު ކައިވެނިކޮށްފި، މަރުހަބާ!

Advertisement

ހުނަރުވެރި ފޯވާޑް ހަމްޕު ކައިވެނިކޮށްފި، މަރުހަބާ!

ޢަބްދުﷲ އަޝްރަފް

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ހުނަރުވެރި ފޯވާޑް ހަމްޒާ މުހައްމަދު (ހަމްޕު) މިރޭ ކައިވެނިކޮށްފިއެވެ. ބ. ޢޭދަފުށްޓަށް އުފަން އުމުރުން 24 އަހަރުގެ ފޯވާޑް ކައިވަނިކޮށްފައިވަނީ ހދ. މަކުނުދޫ އަށް އުފަން ޢާއިޝަތު ޝަހުމާ އާ އެވެ. ތާޖުއްދީން ސްކޫލްގައި ހަމްޕުގެ ކައިވެނީގެ ހަފްލާ މިރޭ ކުރިއަށްދިޔައިރު މި ހަފްލާގައި ފުޓްބޯޅަ އާއިލާގެ ބައެއް އިސް ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.

މީގެ ކުރިން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ފަސް އަހަރު ދުވަސް ވަންދެން ކުޅުމަށް ފަހު މިއަހަރު މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަން އަށް ބަދަލުވި ހަމްޕު މިރޭ ކައިވެނިކުރިއިރު އަންނަ މަހު އެއް ވަނަ ދުވަހު ނޭޕާލްގައި ފަށާ ސައުތު އޭޝިއަން ގޭމްސް ގައި ރާއްޖެއިން ބައިވެރިވާ 23 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގައި ހަމްޕު ވަނީ ހިމެނިފައެވެ. ގޭމްސްގައި ވާދަކުރުމަށް ގައުމީ ފުޓްބޯޅަ ޓީމް އިއްޔެ ހަވީރު ފުރާފައިވާއިރު މާދަމާގެ ވަގުތެއްގައި ޓީމާ ގުޅެން ހަމްޕު ނޭޕާލަށް ފުރާނެއެވެ.

ހަމްޕު އަކީ 2015 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމްގައި ބަރާބަރަށް ހިމެނެމުން އަންނަ ކުޅުންތެރިއެކެވެ. އަދި މިފަހަކަށް އައިސް ގައުމީ ޓީމުގެ ފުރަތަމަ އެގާރައިން އެންމެ އާންމުކޮށް ފެންނަ އެއް ކުޅުންތެރިއަކީ ހަމްޕު އެވެ. ހަމްޕު ވަނީ ރާއްޖޭގައި ދެމުން އައި އެންމެ ޝަރަފްވެރި ކުޅިވަރު އެވޯޑް ކަމަށްވާ “ހަވީރު ސްޕޯޓްސް އެވޯޑްސް” ގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު 2016 ވަނަ އަހަރު ހާސިލްކޮށްފައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *