ޖާޒިއާ އިން ޑިޒައިން ކުރި ސަޕޯޓަރުންގެ ޖާޒީ އަށް ބޮޑު ތަރުހީބެއް، ސްޓޮކް ހުސްވަނީ!

Advertisement

ޖާޒިއާ އިން ޑިޒައިން ކުރި ސަޕޯޓަރުންގެ ޖާޒީ އަށް ބޮޑު ތަރުހީބެއް، ސްޓޮކް ހުސްވަނީ!

ޢަލީ ޝަހީމް

ޒަމާނީ ފެންވަރުގެ އެކި ޑިޒައިންތަކަށް ރާއްޖޭގައި ޖާޒީ ތައްޔާރުކުރާ ޖާޒިއާއިން ދިވެހި ގައުމީ ފުޓްބޯޅަ ޓީމު ވޯލްޑް ކަޕް ކޮލިފައިންގައި ކުޅޭ މެޗުތަކަށް ގެނައި ސަޕޯޓަރުންގެ ޖާޒީއަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ޖާޒިއާއިން ބުނެފި އެވެ. ޖާޒިއާއިން ބުނީ ފިލިޕީންސާ ގުއާމާ ދެކޮޅަށް ކުޅޭ މެޗަށް ގެނައި ސަޕޯޓަރުންގެ ޖާޒީގެ ތެރެއިން މިހާރު ހުރި ސްޓޮކް ވަރަށް ބޮޑަށް މަދުވެފައިވާކަމަށާއި މާދަމާ ރާއްޖޭން ކުޅޭ މެޗުގެ ކުރިން ޖާޒީ ބޭނުންވާ ފަރާތްތަކުން ފަހު ވަގުތަށް މަޑުކޮށްފި ނަމަ ޖާޒީ ސްޓޮކް ހުސްވެދާނެ ކަމަށެވެ.

Have you got your supporters jersey??Get yours before our next home game.Maldives ?? vs Guam ?? 19th November 2019,…

Posted by Jerzia on Saturday, November 16, 2019

ޖާޒިއާ އަކީ އެ އިރެއްގައި އޮންނަ ކުޅިވަރުގެ އެންމެ މުހިއްމު ހަރަކާތާއި ގުޅުވައިގެން ޖާޒީ ގެނެސް އާއްމުންނަށް ހެޔޮ އަގެއްގައި ޖާޒީގެ ހިދުމަތް ދޭ ގްރޫޕެކެވެ. ޖާޒިއާއިން މިފަހަރު ސްޓޮކް ގެނައީ ރާއްޖޭން ގަލޮޅު ދަނޑުގައި އެންމެ ފަހުން ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު ތަރުހީބަށް ބެލުމަށް ފަހު އެވެ. މިފަހަރު ގެނައި ސްޓޮކްގައި ވެސް ބޮޑެތި މީހުންނާއި ކުޑަކުދިންނަށް ހާއްސަ ޖާޒީ ހިމެނެ އެވެ. ގައުމީ ޓީމުގެ ޖާޒީ ބޭނުންވާ ފަރާތްތަކުން ބޭނުންވާ ޑިޒައިނަށް އޯޑަރު ދިނުމުގެ ފުރުސަތު ވެސް ޖާޒިއާއިން ވަނީ ހުޅުވާލާފަ އެވެ.

“އެންމެ މަގުބޫލު ޑިޒައިން ގެނައީ. ކުރީ އޯޑަރު ތަކަށް ބަލާފަ. އެންމެންގެވެސް ފަހުރެއް އެއީ ދިވެހި ރީތި ޑިޒައިނުގެ ޖާޒީއެއް ލައިގެން މެޗު ބަލަން ދިއުން. ބައެއް އާއިލާތަކުން އެއްކޮށްވެސް ޖާޒީ ގަތް ފިލިޕީންސް މެޗަށް” ޖާޒިއާގެ އޮފިޝަލަކު ބުންޏެވެ.

Welcome back MAN OF STEEL!!!Ali Ashfaq ??♥️⚽️?#jerzia #maldives #manofsteel #dhagandey

Posted by Jerzia on Saturday, September 7, 2019

ގައުމީ ފުޓްބޯޅަ ޓީމަށް ހާއްސަކުރި ޖާޒިއާގެ ސަޕޯޓަރުންގެ ޖާޒީ ލިބޭނީ މާފަންނު ސަހަރާގެ ފަހަތުން މުނިޔާ މަގުގައި ހުންނަ އަލްބާ ފިހާރައިންނެވެ.

“ލިމިޓެޑް ސްޓޮކެއް ހުރީމަ އެންމެ ފަހު ވަގުތަށް މަޑު ނުކުރަން އިލްތިމާސް ކުރަނީ. ޖާޒީ ގަންނަން ބޭނުންވާ ފަރާތްތަކުން އެ ފިހާރައަށް ގޮސްގެން އަދި އަޅުގަނޑުމެންގެ ފޭސްބުކް ޕޭޖަށް މެސެޖު ކޮށްގެންވެސް ޖާޒީ ލިބުމުގެ ކަންކަން ހަމަޖެއްސޭނެ” އެކި ކުޅިވަރުތަކަށް ހިތްގައިމު ފަރުމާތަކުގެ ޖާޒީ ތައްޔާރުކުރާ ޖާޒިއާގެ އޮފިޝަލް ބުންޏެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ގައުމީ ފުޓްބޯޅަ ޓީމުން ގުއާމާ ދެކޮޅަށް ގަލޮޅު ދަނޑުގައި ކުޅޭ މެޗު އޮންނާނީ މާދަމާ ހަވީރު އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *