އުހަށް ގެންގޮސްދިނުމަށް ފަހު ނިޒާމް ޓީސީ ދޫކޮށްލައިފި!

Advertisement

އުހަށް ގެންގޮސްދިނުމަށް ފަހު ނިޒާމް ޓީސީ ދޫކޮށްލައިފި!

ފަހުމިނެޓް

ކާމިޔާބު އަހަރުތަކަކަށް ފަހު ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ޓީސީ ދޫކޮށްލައިފިއެވެ.

ނިޒާމްބެ ޓީސީ ދޫކޮށްލިކަން މިއަދު ޓީސީ ސްޕޯޓްސްގެ ރަސްމީ ޓްވިޓާ އެކައުންޓްގައި ވަނީ ހާމަ ކޮށްފައެވެ. މި ޓްވީޓުގައި ބުނެފައިވަނީ އަންނަ އަހަރު ޓީސީގެ ހެޑް ކޯޗުކަމުގެ މަގާމުން ނިޒާމްބެ ނުފެންނާނެ ކަމަށާއި، ފާއިތުވި އަހަރުތަކުގައި އެޓީމު މިހާރު އޮތް ހިސާބަށް ގެނައުމުގައި ނިޒާމްބެގެ މިންނެތް މަސައްކަތްތަކަށް ޝުކުރު އަދާކުރާކަމަށެވެ.

ނިޒާމްބެ ވަނީ 2014 ވަނަ އަހަރުގެ ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް ޓީސީއަށް ކާމިޔާބު ކޮށްދީ، ފުރަތަމަ ޑިވިޝަނަށް ވެސް ޓީމް ޕްރޮމޯޓް ކޮށްދީފައެވެ. ރާއްޖޭގެ ފުޓުބޯޅައިގެ އެންމެ އުހަށް ޓީސީ ގޮވައިގެން އައިސް، ކޮންމެ އަހަރަކު އެއް ފެންވަރެއްގައި ރަނގަޅު ވާދައެއްކޮށް، ގިނަ މުބާރާތްތަކެއްގެ ދެވަނަ އެޓީމް ހޯދިއެވެ. ރާއްޖޭގެ މުބާރާތެއް ކާމިޔާބުކުރުމުގައި ނަސީބު ދެރަކޮށް ފުރަތަމަކޮޅު ފެނުނު ނަމަވެސް އެޓީމް ވަނީ ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް ކަޕް ކާމިޔާބު ކޮށްފައެވެ. އަދި ޓީސީ ވަނީ ނިޒާމްބެގެ އިރުޝާދުގެދަށުން ވޭތުވެދިޔަ އަހަރުގެ ދިވެހި ޕްރިމިއަރ ލީގު ކާމިޔާބުކޮށްފައެވެ.

ޓީސީގެ ކޯޗަކަށް ހުރެ، ނިޒާމްބެ ފާހަގަ ވެފައިވަނީ ޓީމްގެ މެނޭޖްމަންޓާއި ކުޅުންތެރިންނާ ވަރަށް ބޮޑަށް ގުޅުންބަހައްޓައިގެން މަސައްކަތް ކުރި ކޯޗެއްގެ ގޮތުގައެވެ. ނަތީޖާއެއްގެގޮތުން ނިޒާމްބެ ވަނީ 2016 އަދި 2018 ވަނައަހަރުގެ މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގެ އެންމެ މޮޅު ކޯޗްގެ މަގާމް ވެސް ހޯދާފައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *