ފަސޭހަ މޮޅަކާއެކު ޕީއެސްޖީ އަށް ބޮޑު ލީޑެއް

Advertisement

ފަސޭހަ މޮޅަކާއެކު ޕީއެސްޖީ އަށް ބޮޑު ލީޑެއް

ޢަލީ ޝަހީމް

ފްރެންޗް ލީގުގައި ރޭ ފަސޭހަކަމާއެކު 3-0 އިން އެމިއެންސް ބަލިކޮށް ޕީއެސްޖީން ލީގު ތާވަލުގެ އެއް ވަނައިގައި 13 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ. ރޭގެ މެޗާއެކު އެޓީމު ވަނީ މި ސީޒަނުގައި ލީގުގައި ބަލިނުވެ 18 މެޗު ހަމަކޮށްފައެވެ. އެކަމަކު ފްރެންޗް ލީގު ކަޕުގެ ކުއާޓާ ފައިނަލުގައި މިދިޔަ ހަފްތާ ކުޅުނު މެޗުން ބަލިވެ އެ މުބާރާތުން ޕީއެސްޖީ ވަނީ ކަޓައިފައެވެ.

ރޭގެ މެޗުގައި ޕީއެސްޖީގެ ފުރަތަމަ ގޯލު ލިބުނު ޕެނަލްޓީއަކުން މެޗުގެ 57 ވަނަ މިނެޓުގައި ޖެހީ އެޑިންސަން ކަވާނީ އެވެ. މިއީ އެމިއެންސް ގެ ކުޅުންތެރިއެއްގެ އަތުގައި ޖެހުމުން ޕީއެސްޖީ އަށް ލިބުނު ޕެނަލްޓި އެކެވެ. އެޓީމުގެ ދެ ވަނަ ގޯލު 70 ވަނަ މިނެޓުގައި ކަވާނީ ހުރަސްކޮށްލި ބޯޅައަކުން ޖެހީ ކިލިއަން ޖެހީ އެމްބާޕޭ އެވެ. އެމްބާޕޭ މި ގޯލު ޖެހުމުގެ ތިން މިނެޓު ކުރިން އެމިއެންސްގެ ޚާލެދް އަޑެނޮން އަށް ވަނީ ރަތް ކާޑު ދައްކައިފައެވެ. އެމްބާޕޭގެ މި ގޯލަކީ ލީގުގައި އޭނާ ޖެހީ 14 ވަނަ ގޯލެވެ. 14 ގޯލާއެކު އެމްބާޕޭ އަށް ފްރެންޗް ލީގުގެ ލަނޑު ލިސްޓުގެ އެއް ވަނަ ލިބޭއިރު މި ސީޒަނުގައި އެމްބާޕޭ ވަނީ މިހާތަަނަށް 17 ގޯލު ޖަހައިފައެވެ.

ޕީއެސްޖީގެ ފަހަތުން ތާލުގައި ދެ ވަނައިގައި އޮތީ 37 ޕޮއިންޓް ހޯދައިފައިވާ ލީލް އެވެ. ލީލް ދެ ވަނައިގައި އޮތީ ޕީއެސްޖީ އަށް ވުރެ އިތުރަށް ދެ މެޗު ކުޅެގެންނެވެ. މަޝްހޫރު ގިނަ ކުޅުންތެރިންތަކަކާއެކު ކުޅެމުންދާ ޕީއެސްޖީން ނަގައިފައިވާ ބޮޑު ލީޑާ އެކު މި ސީޒަނުގައި ވެސް ފްރެންޗް ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑީ އެޓީމެވެ.  އެކަމަކު އެޓީމުގެ އެންމެ ބޮޑު އަމާޒަކީ ލީގާއެކު މި ސީޒަނުގެ ޗެމްޕިއަންސް ލީގު ވެސް ކާމިޔާބު ކުރުމެވެ. މިހާތަނަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިފައިނުވާ ޕީއެސްޖީން އެ މުބާރާތުގެ ގަދަ 16 ގެ މެޗުގައި ނުކުންނާނީ އިންގްލެންޑްގެ މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *