ޔުވެންޓަސް އިޓާލިއަން ކަޕްގެ ކުއާޓާ ފައިނަލަށް

Advertisement

ޔުވެންޓަސް އިޓާލިއަން ކަޕްގެ ކުއާޓާ ފައިނަލަށް

ޢަބްދުﷲ އަޝްރަފް

އިޓާލިއަން ކަޕްގައި ރޭ ބޮލޯނާ އާ ވާދަކޮށް 0-2 އިން މޮޅުވެ އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ. ރޭ ޔުވެންޓަސް އިން ރަށުން ބޭރުގައި ކުޅެ މޮޅުވިއިރު އެ ޓީމުގެ މުހިއްމު ބައެއް ކުޅުންތެރިން ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޕައުލޯ ޑީބަލާ އާއި ބްލެއިސް މަޓުއިޑީ ފުރަތަމަ އެގާރައިގައި ހިމަނާފައެއް ނުވެއެވެ. އެކަމަކު މެޗްގް ފަހުކޮޅު ރޮނާލްޑޯ އާއި ޑީބަލާ ވަނީ ކުޅެން އަރުވައިފައެވެ.

ރޭގެ މެޗްގައި ޔުވެންޓަސް އަށް ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ ފެޑެރިކޯ ބަނާޑޭޝީ އާއި މޮއިސޭ ކީން އެވެ. ފުރަތަމަ ލަނޑަކީ މެޗްގެ ނުވަ ވަނަ މިނެޓްގައި ބޮލޯނާގެ ގޯލް ކީޕަރު އެންޖެލޯ ޑަ ކޯސްޓާ އާއި އަރްތުރޯ ކަލަބްރޭސީ އާ ދެމެދު އުފެދުނު މިސްއަންޑަސްޓޭންޑިންގް އަކާ ހުރެ ގެއްލުނު ބޯޅައެއް ހޯދައިގެން ބަނާޑޭޝީ ކާމިޔާބުކުރި ގޯލެކެވެ. މެޗްގެ ދެ ވަނަ ހާފް ފަށައިގެން ތިން ވަނަ މިނެޓްގައި ޔުވެންޓަސް އަށް ކުޅޭ އުމުރުން 18 އަހަރުގެ ފޯވާޑް މޮއިސޭ ކީން އެ ޓީމްގެ ދެ ވަނަ ގޯލް ކާމިޔާބުކޮށްފައިވަނީ ގޯލާ ވަރަށް ކައިރިން ލިބުނު ފުރުސަތެއްގެ ބޭނުން ހިފައިގެންނެވެ.

ކުއާޓާ ފައިނަލްގައި ޔުވެންޓަސް ބައްދަލުކުރަން ޖެހޭނީ ހޯމަ ދުވަހުގެ ރޭ ކަލިއާރީ އާއި އެޓަލާންޓާ ވާދަކުރާ މެޗުން ކުރި ހޯދާ ޓީމަކާއެވެ.

ރޭގެ މެޗްގައި ބޮލޯނާ އަށްވެސް ލަނޑު ޖަހަން ރަގަޅު ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން ލިބުނު ފުރުސަތެއްގައި ބޮލޯނާގެ ނިކޮލާ ސަމްސޯނޭ ބޮލުން ޖަހައި ފޮނުވާލި ބޯޅައެއް ބޭރަށް ދިޔައީ ގޯލް ދަނޑިއާއި ވަރަށް ކައިރިންނެވެ. ޔުވެންޓަސް އިން ދެން އެންމެ އަވަހަށް ކުޅޭ މެޗަކީ އިޓާލިއަން ސުޕަ ކަޕްގައި އޭސީ މިލާން އާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗް ކުޅޭނީ މި ހަފްތާގެ ބުދަ ދުވަހު އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *